ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސިލް އެސިސްޓެންޓު)

އިޢުލާން 

ވަޒީފާގެ ފުރުސަތު 

ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)

މަޤާމް:

4 (ހަތަރެއް)

ބޭނުންވާ އަދަދު:

ވަގުތީ    

މަޤާމުގެ ގިންތި:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100ރ

މުވައްޒަފަށް ލިބޭ މުސާރަ:

1000ރ

ސާވިސް އެލަވަންސް:

1- ސަޕޯޓިންގކޯ އެލަވަނސް: -/1200 ރުފިޔާ ( މަހަކު )

2- މިނިމަމް ވޭޖް އެލަވަންސް -/1917 ރުފިޔާ (މަހަކު)

3- ސިވިލްސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

އެހެނިހެން އެލަވެންސް  

1- ރަށުކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ  އެއްގޮތަށް ކައުންސިލުން ކަޑައަޅާ ތިރީގައި ދަންނަވާފައިވާ ތަންތާގައި މަސައްކަތް ކުރުން

 

2- ފ. މަގޫދޫ ބަނދަރުގެ މަސައްކަތު.

ހ- ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. ( ދަޅު،ފުޅި، ފަދަތަކެތި ނަގާސާފުކުރުން )

ށ- ބަނދަރުގައި ބެހެއްޓިފައި ހުންނަ ޑަސްބިން މަދުވެގެން ހަފުތާއަކު 03 ދުވަހު ކުނިގޮޑަށްގެންގޮސް ސާފްކުރުން.

ނ- ބަނދަރުގައި އާއްމުކޮށް ހިގާމަގުތަކުގައި ހުންނަ ގައުކުނޑި ނަގާސާފުކުރުން.

ރ- ބަނދަރު ސަރަހައްދުގައި ހެދިފައިހުރި ގަސްތައް ކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތިން ކޮށައި ބެލެހެއްޓުން.

ބ- ރަށުގެ އަވަށްބޭރަށް އުކާލާފައިވާ ދަޅު،ފުޅި، ޕެކެޓްފަދަ ތަކެއްޗާއި ގޮޑުދޮށަށް ލައްގާފައި ހުންނަ ދަޅު،ފުޅި، ޕެކެޓް ފަދަ ތަކެތި ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ނަގަސާފުކުރުން.

ޅ- އަވަށްބޭރުގައި ހުންނަ ޑަސްބިންތައް ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކުނިގޮނޑަށް އުކާލުން. 

ކ- ބަނދަރުތެރެއަށްވަންނަ ކުނި ގިނަވިޔަނުދީ ނަގައި ސާފުކުރުން.

އ- ބަނދަރަށް ބާލާ މުދާ ބަނދަރުގެ ގަވާއިދާއެއްގޮތަށް ޢަމަލުކުރުމަށްއެންގުމާއި،  ޤަވާޢިދާއެއްގޮތަށް ޢަމަލުނުކުރާފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯރޓްކުރުން.

ވ- ބަނދަރުގެ ގަވާއިދާ ހިލާފަށް އަޅާފައިހުންނަ އުޅަނދުފަހަރާއި، ލަފާ ފުރާއުޅަނދު ފަހަރު  ގަވާއިދާޚިލާފުވާނަމަ ޤަވާޢިދާއެއްގޮތަށް އަމަލުކުރުމަށް އަންގައި ގަވާއިދަށް ޢަމަލު ނުކުރާފަރާތްތައް ކައުންސިލަށް ރިޕޯރޓްކުރުން.

 

3-      ބޯޅަދަނޑުގެ މަސައްކަތު:

ހ- ބޯޅަދަނޑުގެ ވިނަގަނޑު ކޮށައިސާފުކުރުމާ، ވިނައުފުރަން ޖެހޭ ތަންތަނުގައި ވިނައުފުރުން.

ށ- ބޯޅަދަނޑުގައި ހުންނަ ޑަސްޕިންތަކާއި ކުނިތައް ސާފުކުރުން.

ނ- ބޯޅަދަނޑުގައި ހުރި ރުއްގަސް ދިލައި ސާފުކޮށްބެލެހެއްޓުން.

 

4- ރައްޔިތުންގެ ޢިމާރާތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި ގޯތިތެރެ ގަސްއިންދައި ބެލެހެއްޓުން

ހ- ފ. މަގޫދޫ ރައްޔިތުންގެ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން.

ށ- ރައްޔިތުންގެ ޢިމާރާތްތަކަށް އަންނަ މީހުން ތިބޭ ކޮޓަރިތަކުގެ ބެޑުތައްއެޅުން

ނ- ރައްޔިތުންގެ ޢިމާރާތްތަކުގެ ކޮޓަރިތަކުގައި ބޭނުންކުރާ ބެޑްޝީޓް ތުވާލި ފަދަ ތަކެތި ދޮވެ އިސްތިރިކުރުން.

ރ- ރައްޔިތުންގެ ޢިމާރާތްތަކުގައިހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ބ- ރައްޔިތުންގެ ޢިމާރާތްތަކުގެ ބޮކި، ހޮޅިބުރި އިސްކުރު ފަދަ ތަކެތި އަނދާ ހަލާކުވެފައިވާނަމަ ބަދަލުކުރުން.

ޅ- ރައްޔިތުންގެ ޢިމާރާތްތަކުގައި ހުންނަތަކެތި ހަލާކުވުމުން އަމިއްލައަށް މަރާމާތުކުރެވޭ ވަރުގެ މަރާމާތުތައް އަމިއްލައަށް ކުރުމާއި، ނުކުރެވޭ މަރާމާތު ކައުންސިލަށް އަންގައިކުރުވުން.

 

5- ކުޑަކުދިންގެ ޕާކް ބެލެހެއްޓުން

ހ- ކައުންސިލުން އަންގާ ތާވަލާ އެއްގޮތައް ކުޑަކުދިންގެ ޕާކް ހުޅުވައި ލެއްޕުން.

ށ- ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތައް ޕާކްގައި ގަސްއިންދައި ބެލެހެއްޓުން.

ނ- ޕާކް ހުޅުވިފައި ހުންނަ ގަޑިތަކުގައި ޕާކަށް ޒިޔާރަތްކުރާ ކުދިންގެ ހަރަކާތްތައް ބަލައި މޮނިޓަރކޮށް އެކުދިންނަށް ދޭންޖެހޭ އިރުސާދުތައް ވަގުތުން ދިނުމާއެކު އެކަން އެކުދިންގެ ބެލެނިވެރިންނަށް ހިއްސާކުރުން.

 

6- ޕްރީސްކޫލް ފޮޅައި ސާފުކޮށް ބެލެހެއްޓުން

ހ- ކޮންމެ ދުވަހެއްގެ ކުލާސްތައް ނިމުމުން ކުލާސްތައް ކުނިކަހައި މޮޕްލުން އަދި ކުލާސް ފެށުމުގެ ކުރިން ކުނިކަހައި މޮޕްލާންޖެހިއްޖެނަމަ އެކަންކުރުން.

ށ- ކުލާސް ހިގަމުންދާ ގަޑިތަކުގައި ކުލާސް ރޫމް ހަޑިވާކަހަލަ ހާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން އެތަނެއް ފޮޅައި ސާފުކުރުން.

ނ- ޕްރީސްކޫލް އިމާރާތުގެ ދޮރުތަކާއި، ފަންކާ މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

ރ- ޕްރީސްކޫލްގެ ފާހާނާ މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

ބ- ޕްރީސްކޫލް ގޯތިތެރޭގައި ހުންނަ ކުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުމާއި އަދި ގޯތިތެރޭގައި ގަސް އިންދައި ބެލެހެއްޓުން.

7- މީގެ އިތުރުން ކައުންސިލް އިދާރާއިން އަންގާ ރަސްމީމަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ލިޔަން ކިޔަން އެނގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ހ- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ށ- ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެނެވެ.

ނުވަތަ،

ނ- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޯކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުޠުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ނެއް

 ތައުލީމީ ރޮނގުތައް

  • ނެއް

 ޕްރިފަރޑް ޑިސިޕްލިން

  • ނެއް

 ކޯ ޑިސިޕްލިން

  • ނެއް

ގުޅޭ ވަޒީފާގެ ދާއިރާތައް:

ހ- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މަގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

 ނ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 ރ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 ބ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ- މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ކ- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

އ- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވ- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މ- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ފ- އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 ހ- ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

 ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

 ނ- ޤާބިލްކަން ކަށަވަރުކުރުމަށް ބާއްވާ ޕްރިކްޓިކަލް އަދި އިންޓަވިއުއަށް ބަލައިގެން.

 ރ- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖެނުއަރީ 2022 ގެ 14:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 14 ޖަނަވަރީ 2022 ން 15 ޖަނަވަރީ 2022 އާ ދެމެދު، ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740014 އަށެވެ. އީ-މެއިލް ކުރާނީ :[email protected] އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުޞޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާވިސް ކޮމިސަނުގެ ވެބްސައިޓްގެ ޑައުންލޯޑުސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  ން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

26 ޖުމާދުލްއޫލާ  1443

30 ޑިސެމްބަރު   2021

 

30 ޑިސެންބަރު 2021
ހޯދާ