ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ އިޢުލާން: (IUL)250-cb/250/2021/68 (19 ޑިސެމްބަރ 2021) ގައިވާ އަންދާސީ ހިސާބު ތިން ފަރާތުން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ބަނދަރުމަތީގައިވާ ރުއްތަކުގެ ތެރެއިން 01 އިން 17އަށް ނަންބަރު ޖަހާފައިވާ 17 ރުކާއި، ރަށުގެ އުތުރު ފަރާތު އަތިރިމަތީގައިވާ، ކުރީގެ ޖަމިއްޔާ ރުއްގަނޑޭކިޔާ ރުއްތަކުގެ ތެރެއިން 01 އިން 22އަށް ނަންބަރު ޖަހާފައިވާ 22 ރުކާއި، ސިއްޙީމަރުކަޒުގެ ހުޅަނގުންއޮތް ކާނިގޯޅީގައި 23،24،25 ނަންބަރު ޖަހާފައި ހުރި 03 ރުކާއ ވަށަފަރު ފުޓުބޯޅަ ދަނޑު އުތުރު ފަރާތުގައި 32 ން 35 އަށް ނަންބަރުޖަހާފައިވާ 04 ރުކާއި، ފުޓްބޯޅަ ދަނޑުގެ އިރުމަތި ފަރާތުގައި ވަލުތެރޭގައި 36،އަދި 37 ނަންބަރުޖަހާފައިވާ 02 ރުކާއި، ފުޓްބޯޅަ ދަނޑުގެ ދެކުނުފަރާތުގައި 38 ން 41 ށް ނަންބަރުޖަހާފައިވާ 04 ރުކާއި އެކު ޖުމްލަ 52 ރުއް އެންމެ މަތީއަގެއް ހުށައަޅުއްވާފަރާތަކަށް ވަރުވާއަށްދޫކޮށްލުމަށް ޤަސްތުކުރަމެވެ.
ވީމާ މިރުއްތައް ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 09 ޖަނަވަރީ 2021 ބުރާސްފަތި ދުވަހުގެ 13:00 އަށް އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ރުއްގަނޑުގެ ވަރުވާއަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ސިޓީތަށް ކެނޑުން އޮންނާނީ ސިޓީ ހުށަހެޅުމަށް ދެންނެވިފައިވާދުވަހު ހަމަ އެގަޑީގައި، ވަޑައިގަންނަވާ ހުރިހާބޭފުޅުންގެ ހާޒިރުގައި މި އިދާރާގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.