ދިވެހިރާއްޖެ
އިޢުލާން
ކޭޓަރިންގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ:
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހއ.ހޯރަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓުންގެ ބައްދަލުވުމުގެ ބައިވެރިންނަށް ކޭޓަރިންގެ އިންތިޒާމް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
02 ޖެނުއަރީ 2022 |
އާދިއްތަ |
10:00 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން |
04 ޖެނުއަރީ 2022 |
އަންގާރަ |
10:00 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޖުމާދަލްއޫލާ 1443