ދިވެހިރާއްޖެ
އިޢުލާން
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ދޫކުުރުން
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް، 01 އަހަރުގެ މުއްދަތަށް 13 ބިމެއް ދޫކުުރުމަށް، މާފަރު ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 9 ޖެނުއަރީ 2022 ގެ 14:00 ގެ ކުރިން، "މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، މާފަރު ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
1. ބިން ދޫކުރާ ސަރަހައްދު
- މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ދޫކުރަން ނިންމާފައިވާ ސަރަހައްދާއި، އެ ބިންތަކުގެ ބޮޑުމިން އެނގޭނެ ކުރެހުމެއް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ.
2. ބިން ކުއްޔަށް ނަގާ ފަރާތުގެ ޒިންމާ :
- މަދުވެގެން ހަފްތާއަކު 3 ދުވަހު ބިން ރީތިކޮށް ކުނިކަހައި ސާފުކުރަންވާނެއެވެ. މީގެ އިތުރުންވެސް ބިން ހަޑިވެ ފައިވާނަމަ އިތުރަށް ސާފުކުރުމާއި އެކިއެކި ރަސްމީ މުނާސަބަތުތަކާއި ގުޅިގެން ބިން ސާފުކުރުމަށް ކައުންސިލުން އަންގައިފިނަމަ ބިން ސާފުކުރަންވާނެއެވެ. ބިމުގައި އުފެދޭ އަދި އުފައްދާ ކުނި ނައްތާލަންވާނީ "ކުނި އުކުމާއި ބެހޭ ޤަވާއިދު " އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
3. އެހެނިހެން ކަންކަން :
ހ. މަހުންމަހަށް ކުލި ދައްކާ ގޮތަށް ކޮންމެ ބިމެއްވެސް ކުއްޔަށް ދޫކުރާނީ މަދުވެގެން 01 އަހަރު ދުވަހަށް އަދި ގިނަވެގެން 05 އަހަރުގެ މުއްދަތަށެވެ. (5 އަހަރު ވަންދެން ކޮންމެ އަހަރަކުން އަހަރަކުން ބިމުގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ)
ށ. ބިމެއް ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކަށް -/1000 (އެއްހާސް ރުފިޔާ) އެވެ.
ނ. ބިން ކުއްޔަށް ހިފުމަށްއެދޭ ފަރާތްތަކުން ހުށަހަޅާ ފޯމުގެ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. ފޯމުގެ އެއްވެސް ބައެއް ފުރިހަމަނުކޮށް އޮތްނަމަ އެފޯމު ބަލައެއް ނުގަނެވޭނެއެވެ.
ރ. ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ "މަގުމަތީގައި މޭޒު ނުވަތަ ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު" ގައެވެ.
ބ. އެހެން ފަރާތެއްގެ ހަވާލުގައި ފޯމު ހުށަހަޅާނަމަ ، ވެރި ފަރާތުގެ ސޮއިކުރި ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ.
4. ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- ކުންފުންޏަކުން ނުވަތަ ލޯކަލް އިންވެސްޓްމަންޓަކުން ހުށަހަޅާނަމަ، ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓްމަންޓްގެ ރަޖިސްޓްރީގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ، އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- ވިޔަފާރި ކުރުމުގެ ހުއްދައިގެ ކޮޕީ
މާކްސް ދިނުމުގައި ބަލާނެ ބައިތައް:
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ހުށަހަޅާ މަހު ކުއްޔަށް |
90% |
ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް މި މާކްސް ދެވޭނީ މި ކައުންސިލްގެ އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން، ހުށަހަޅާ އެންމެ ބޮޑު މަހު ކުއްޔަކީ، ބެންޗް މާކްސް ކަމުގައި ބަލައިގެން، ކަނޑައެޅިފައިޥާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ. |
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތް |
10%
|
ބިން ތަރައްޤީކޮށް، ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތް: މި މާކްސް ދެވޭނީ މި ކައުންސިލްގެ އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން، ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ ކުއްދަކީ، ބެންޗްމާކްސް ކަމުގައި ބަލައިގެން، ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި، ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ރަނގަޅު އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
30 ޑިސެމްބަރ 2021