މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ޕްރޮކިއުމެންޓް ރިފަރަންސް: MV-MOE-268437-CS-INDV, MV-MOE-268691-CS-INDV, MV-MOE-268693-CS-INDV, MV-MOE-268694-CS-INDV, MV-MOE-268695-CS-INDV, MV-MOE-268696-CS-INDV, MV-MOE-268697-CS-INDV, MV-MOE-268698-CS-INDV, MV-MOE-268701-CS-INDV, MV-MOE-268702-CS-INDV, MV-MOE-268703-CS-INDV, MV-MOE-268704-CS-INDV, MV-MOE-268705-CS-INDV, MV-MOE-268707-CS-INDV, MV-MOE-268708-CS-INDV, MV-MOE-268709-CS-INDV, MV-MOE-268710-CS-INDV, MV-MOE-268714-CS-INDV, MV-MOE-268715-CS-INDV, MV-MOE-268716-CS-INDV, MV-MOE-268718-CS-INDV, MV-MOE-268719-CS-INDV, MV-MOE-268720-CS-INDV, MV-MOE-268722-CS-INDV, MV-MOE-268723-CS-INDV, MV-MOE-268725-CS-INDV, MV-MOE-268726-CS-INDV, MV-MOE-268727-CS-INDV, MV-MOE-268728-CS-INDV, MV-MOE-268729-CS-INDV

 

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ  މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން ކުރިއަށްދާ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފައުންޑޭޝަން އަދި ފަށާތަޢުލީމުގެ މަރުޙަލާތަކަށް މުދައްރިސުން ތަމުރީނުކުރާ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ފޮތްތައް ދިވެހިބަހުން ލިޔުމަށް ކޮންސަލްޓަންޓުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

 

މަޤާމް: ކޮންސަލްޓެންޓް

 

ބޭނުންވާ އަދަދު: 30 (ތިރީސް)

 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޤާމަށް ހޮވުން:  މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޮވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރާ އުސޫލް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  13  ޖަނަވަރީ 2022 ގެ މެންދުރު 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް[email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 

ޕްރޮޖެކްޓް ކޯޑިނޭޓަރ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341295

އީމެއިލް : [email protected] 

30 ޑިސެންބަރު 2021
ހޯދާ