ދިވެހިރާއްޖެ
ބ.މާޅޮހު ފުޓްބޯޅަދަނޑު ފެންސްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް (އިޢުލާން ނަންބަރ: (IUL)319/319/2021/49، 22 ޑިސެމްބަރ 2021) އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، މިމަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 03 ޖަނަވަރީ 2022ވާ ހޯމަ ދުވަހުގެ 11:00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ދަންނަވަމެވެ. އަދި، 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއިގުޅޭ މަޢުލޫމާތުޝީޓް، މި ޢިޢުލާނާއިއެކު ޢާއްމު ކުރީމެވެ.
އަންދާސީހިސާބުތަށް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު:
- ހުށަހަޅާ އެސްޓިމޭޓްގެ އަގަށް: %95
- މަސައްކަތް ކޮށްދެވޭނެ ކަމަށް ބަޔާންކުރާ މުއްދަތަށް: %5
26 ޖުމާދަލްއޫލާ 1443
30 ޑިސެމްބަރ 2021