ދިވެހިރާއްޖެ
މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް (3ވަނަ)
2022ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި (IUL)GS129/2021/20 ނަންބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
1- މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަށް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޑިސެމްބަރ 2021 އިން 04 ޖަނަވަރީ 2022 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސުކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތަށް ހިމަނަން ވާނެއެވެ.
ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
ރަޖިސްޓްރީ ނަންބަރ:
އީމެއިލް އަދި ގުޅޫނެ ފޯން ނަންބަރ:
އަންދާސީ ހިސާބް ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 05 ޖަނަވަރީ 2022 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
4- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 ޖަނަވަރީ 2022 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގައި ފައިނު ސުކޫލުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ފޯން ނަންބަރ: 6580358
- އީމެއިލް އެޑްރެސް: [email protected]