ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2021/73 :ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަނުގެ "އެކްސްޕީރިއަންސް ބުކްލެޓް" ތައްޔާރުކުރުމުގެ މަސައްކަތައް ފޮޓޯނަގައިދޭނެ ފަރާތެއް ހޯދުމަށް 15 ޑިސެންބަރު 2021 ގައި ކޮށްފައިވާ ނަންބަރު (IUL)MMPRC-PRO/1/2021/67 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަލުން އެފުރުސަތު ހުޅުވާލައިފީމެވެ.
ވީމާ، މި ކޯޕަރޭޝަނުން ބަޔާން ކޮށްފައިވާގޮތަށް ފޮޓޯނަގައިދޭން ބޭނުންފުޅުވާ ފަރާތްތަކުން 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ބިޑް ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ފަރާތުގެ ނަން:
- ކުންފުނީގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: Bid Registration To hire a party to provide images for the Experience Booklet
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އީމެއިން އެޑްރެސް: [email protected] copy to [email protected]
ނަން: ޙަސަން ޝަހީލް
މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ، ޕްރޮކިއުމަންޓް
24 ޖުމާދަލް އަޢްވަލް 1443
30 ޑިސެންބަރު 2021