ދިވެހިރާއްޖެ
ވޭޖްޕޫލަށް ބޭނުންވާވަރަށް މީހުން ލިބިފައި ނުވާތީ ކުރިން ކުރި އިޢުލާ (ނަންބަރ: 329/329/2021/63) ބާތިލްކޮށް އަލުން ވޭޖްޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުށަތު ހުޅުވައިލަމެވެ.
ވީމާ، ވޭޖުޕޫލްގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ނުވަތަ ކައުންސިލް މެއިލް[email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
ވޭޖް/ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް |
|||
# |
މަޤާމް |
ރޭންކު |
މަސައްކަތްކުރާ ގަޑިއަކަށް |
1 |
އިމާމު ސަނަދު އޮންނަމީހަކަށް( ނަމާދުކުރާ ވަގުތަކަށް) |
GS3 |
61.00 ރުފިޔާ |
2 |
މުދިމް ސަނަދު ނެއްމީހަކަށް ( ނަމާދުކުރާ ވަގުތަކަށް) |
GS1 |
53.00 ރުފިޔާ |
3 |
މަސައްކަތު ( ނަމާދު ވަގުތަކަށް) |
SS1 |
45.00 ރުފިޔާ |
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ 6620075 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
26 ޖުމާދިލްއޫލާ 1443
29 ޑިސެމްބަރ 2021