ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލީގަލް ޚިދުމަތް ފޯރުކޮށްދޭނެ ލީގަލް ކޮންސަލްޓެންސީ ފާމެއް ހޯދުމާއިބެހޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލީގަލް ޚިދުމަތް ފޯރުކޮށްދޭނެ ލީގަލް ކޮންސަލްޓެންސީ ފާމެއްހޯދުމާއިބެހޭ:

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި 02 އަހަރު ދުވަހުގެ މުއްދަތައް ލީގަލް ޚިދުމަތް ފޯރުކޮށްދޭނެ ލީގަލްކޮންސަލްޓެންސީ ފާމެއް ހޯދަން ކުރެވުނު ނަންބަރު IUL)170-PR/170/2021/128) (10 ނޮވެމްބަރ 2021) އިޢުލާން އާއި ގުޅިގެން  ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގެ ޝަރުުތު ފުރިހަމަ ނުވާތީ ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުމުގެ ބައްދަލުވުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

03 ޖަނަވަރީ 2022ގެ 13:00 އަށް

ޕްރީ-ބިޑް ބައްދަލުވުން

03 ޖަނަވަރީ 2022ގެ 13:00 އަށް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

06 ޖަނަވަރީ 2022ގެ 12:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

09 ޖަނަވަރީ 2022ގެ 11:00 އަށް

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

29 ޑިސެންބަރު 2021
ހޯދާ