މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އެކްއަޓިކް އެނިމަލް ހެލްތް ފެސިލިޓީގެ ފެންނަގައި ބޭރުކުރާ ނިޒާމު މަރާމާތުކުރުމާއި ގުޅޭ

މި އިޢުލާނާއެކު ތަފްސީލު ދެވިފައިވާ އެކްއަޓިކް އެނިމަލް ހެލްތް ފެސިލިޓީގެ ފެންނަގައި ބޭރުކުރާ ނިޒާމު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1.  ކުރަންޖެހޭ މަސައްކަތްތައް

  • ހޮޅި މަރާމާތުކޮށް ބަދަލު ގެނައުމަށްޓަކައި ކޮނުން (ކުރެހުމުގައިވާ ގޮތަށް)
  • ފެން ނެގުމަށްޓަކައި އިތުރު ހޮޅިއަކާއި އިތުރު ކަރަންޓް ކޭބަލެއް އެޅުން (ކުރެހުމުގައިވާ ގޮތަށް)
  • ފެން ބޭރުކުރުމަށްޓަކައި އާ ދެހޮޅި އަޅައި، ކުރިން ފެން ބޭރުކުރި ހޮޅި ބާކީކުރުން (ކުރެހުމުގައިވާ ގޮތަށް)
  • ފެންބޭރުކުރާ ދެހޮޅި މޫދަށް ގެންދިއުމަށްޓަކައި ތޮށިގަނޑު ކެނޑުން
  • މޫދުކޮޅުގައި ހުރި ވަޅުބުރީގެ ބޭރުގައި ފެންނެގުމަށްޓަކައި 6 އިންޗީގެ ޕީވީސީ ހޮޅިއެއް ހަރުކޮށް، އެހޮޅީގެ ތެރެއަށް މޯޓަރުގެ ފުޓްވޭލު ލައި، މޯޓަރަށް ހޮޅި ގުޅުން
  • މޯޓަރުތަކާއި ފިލްޓަރުތަކަށް ކަރަންޓް ދެވިފައިވާ ގޮތް ކުރެހުމުގައި ވާގޮތަށް ބަދަލުކުރުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް، ވަޑައިގެންދެއްވުން އެދެމެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ކޯޓޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައިވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ދެން ކޯޓޭޝަން ބަލައި ގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީދުވަހުގެ 11:00 އަށެވެ.

މި ކަމާއި ބެހޭ ކުރެހުންތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައިވާނެއެވެ. މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7821633 ނަންބަރު ފޯނަށް، އީމެއިލް ނަމަ [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

27 ޑިސެންބަރު 2021
ހޯދާ