މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއޮފީހުގެ މުވައްޒިފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓާއި މާލެއާއި ދެމެދު އެއްގަމުމަގުން ދަތުރު ފަތުރުގެ ޙިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި، (IUL)94-Q/1/2021/34 ނަންބަރ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ޕްރޮޖެކްޓް ނަންބަރު: PC-942021W-26
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މިއޮފީހުގެ މުވައްޒިފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓާއި މާލެއާއި ދެމެދު އެއްގަމުމަގުން ދަތުރު ފަތުރުގެ ޙިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި، (IUL)94-Q/1/2021/34 ނަންބަރ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 27 ޑިސެމްބަރ 2021 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ 04 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 09 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 14:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ 1ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ 01 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
27 ޑިސެންބަރު 2021
ހޯދާ