މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއަހަރު ފެށުމާއި ސްކޫލް ބަންދާއި ދިމާކޮށް ރަށަށް ދަތުރުކުރަމުންދާ ފަރާތްތަކާއި ގުޅޭ!

އާއަހަރު ފެށުމާއި، ސްކޫލް ބަންދުވެ ޗުއްޓީއާއި ދިމާކޮށް، ގިނަ ބަޔަކު ރަށަށް ދަތުރުކުރަމުންދާތީ ދަންނަވަމެވެ. ކޮވިޑް-19 ބަލި ފެތުރެމުންދާ ރަށްރަށުންނާއި މާލެއިން މަޑުއްވަރީއަށް ދަތުރުކުރަމުންދާ ފަރާތްތަކުން މިހާރަކަށް އައިސް ހުއްދަ ނުހޯދައި ދަތުރުކުރާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންނާއި، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން، މާލެއިންނާއި ބަލިއުޅޭ އެހެން ރަށްރަށުން ދަތުރުކުރުމުގައި ޢަމަލުކުރަންވީ ގޮތް ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް ހަނދާންކޮށްދެމެވެ.

އެހެންކަމުން، ކޮވިޑް-19 ބަލި ފެތުރެމުންދާ ރަށްރަށުންނާއި މާލެއިން މަޑުއްވަރީއަށް ދަތުރުކުރަމުންދާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން، ވެކްސިން ފުރިހަމަކޮށްފައިވާކަން އެނގޭނެ ވެކްސިން ކާޑު އަދި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ދަތުރުކުރާ ނަމަ، ޕީސީއާރު ޓެސްޓުގެ ނަތީޖާ، މިކައުންސިލަށް ޙިއްސާކުރުމަށްފަހު ދަތުރު ފެށުމަށް އިލްތިމާސްކުރަމެވެ. ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދުމަށާއި، ދަތުރާއި ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުމަށާއި އަދި ވެކްސިން ކާޑާއި ޕީސީއާރު ނަތީޖާ ފަދަ ލިޔުންތައް ޙިއްސާކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ހޮޓްލައިން 7580025 އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27  ޑިސެންބަރު 2021

27 ޑިސެންބަރު 2021
ހޯދާ