މަޤާމް:
|
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ
|
ރޭންކް:
|
އައި.އޯ
|
ކްލެސިފިކޭޝަން:
|
ޕްރޮފެޝަނަލް ސިވިލް ސްޓާފް
|
އަސާސީ މުސާރަ:
|
މަހަކު -/9,610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/3,500 ރުފޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 4,324/50 ރުފޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މޯލްޑިވެސް ކަރެކްޝަނަލް ސަރވިސް / ހެޑް އޮފީސް ، މާލެ
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަގާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު ގުޅުން ހުރި ދާއިރާއެއްގައި 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮފެޝަނަލް ސްޓެންޑަރޑް ޑިވިޜަންގެ އެސްއޯޕީތައް ލިޔެ ބެލެހެއްޓުން.
- ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި މައްސަލަ ދެނެގަނެ ތަހުޤީޤު ކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުން.
- ތަހުޤީޤަށް ބޭނުންވާ އިތުރު މަޢުލޫމާތުތައް ހޯދުމަށްޓަކައި، ކަމާ ގުޅުން ހުރި ފަރާތްތަކަށް ފޮނުވައިގެން މަޢުލޫމާތު ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން.
- ތަޙުޤީޤަށް ހުށަހެޅޭ ހެކިތަކާއި ހޯދާ ހެކިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ތަހުޤީޤު ރިޕޯޓް ތައްޔާރު ކުރުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މައްސަލަތަކުގައި ހާޒިރު ކުރާ ފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުން.
- ތަޙުޤީޤުކުރެވޭ އެންމެހައި މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި ޑިވިޜަނުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- މި ސަރވިސްގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- އެތިކަލް ކަންކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރި ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ޖަލުތަކުންނާއި ސެކްޝަންތަކުން ޢަމަލުކުރަމުން ގެންދަނީ މި ސަރވިސްއިން ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތޯ ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޝަނަށް ލަފާދިނުން.
- މި ކަންކަމުގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑަރޑް ހަވާލުކުރާ ހާއްސަ މަސައްކަތްތައް ކުރުން.
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ.
- އިންޓަވިއު މާކްސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).
- ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ނަކަލު.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ނަކަލު.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ނަކަލު.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2022 ޖެނުއަރީ 03 ވާ ހޯމާ ދުވަހުގެ ނިޔަލަށް [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
%50 ( ފަންސާސް އިންސައްތަ)
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ. އަދި އީމެއިލް ކުރުމަށް ފަހު މެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.)
|
|
26 ޑިސެމްބަރު 2021 |
|