މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީ ގޭސް ޕްލާންޓްގައި ފަޔާރ ސިސްޓަމްތަކުގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްގޭސްގެ ތިލަފުށީ ގޭސް ޕްލާންޓްގައި ފަޔާރ ސިސްޓަމްތަކުގެ ރެނޮވޭޝަން މަސައްކަތެއް ކުރުމަށް ބޭނުން ވާތީވެ މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް 15 ޑިސެމްބަރު 2021 ގައި ކުރެވުނު ޢިއުލާން (އިޢުލާން ނަންބަރު: MGPL-I/PD/2021/29) އެކަށީގެން ވާވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީވެ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

27 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ 09:00 އަށް   (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުމަށް

30 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް   (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ)

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
  • މި ބިޑުގައި ބައިވެރިވެލަށްވާ ފަރާތްތަށް އަންދާސީ ހިސާބު ހުށައަޅުށްވަން ވާނީ ވެންޑާ ފޯމް ފުރިހަމަކުރުމަށް ފަހުގައެވެ (ވެންޑާ ފޯމް އެދިލެށްވުމުން މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެެެެއެވެ).

26 ޑިސެމްބަރު 2021،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

26 ޑިސެންބަރު 2021
ހޯދާ