ދިވެހިރާއްޖެ
މިސްކިތު އިމާމުން / މުދިމު ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ޙާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަޤާމުގެ މުސާރައާއިބެހޭ.
މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (ފަސްދޮޅަސް އެއް ރުފިޔާ)
ރޭންކް GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ (ފަންސާސް ތިން ރުފިޔާ)
- އެލަވަންސް: ނެތް
އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.