މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުއްސަލާމްގެ ހުޅަނގުކޮޅު ފެންތާނގީތައް ހިޔާކޮށްދޭނެފަރާތެއް ހޯދުން
ބ.މާޅޮހު މަސްޖިދުއްސަލާމްގެ ހުޅަނގުކޮޅު ފެންތާނގީތައް ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް، 14 ޑިސެމްބަރ 2021 ގައި ކުރެވުނު އިޢުލާނަށް ((IUL)319/319/2021/46) ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 11:00ށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއިއެކު މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޢާއްމުކުރެވިފައި ވާނެއެވެ.
ޕޮއިންޓް ދިނުމުށް ހަމަޖެހިފައިވާ ގޮތް:
- އަގު %95
- މުއްދަތު %5
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ.
26 ޑިސެންބަރު 2021
ހޯދާ