ދިވެހިރާއްޖެ
އިޢްލާން
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން
ޤާނޫނު ނަންބަރު: 2006/03 ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 07 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދު ނަންބަރު 2017/R-20 ގެ 11.22 ވަނަ މާއްދާއާއި ޙަވާލާދެއްވައި އެކުލަވާލެއްވި ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ ނީލަން ލިޔުމާއި ނައްތާލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން މި އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ނުވަތަ ނައްތާލަން ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ދައުލަތުގެ އޮފީހަކުން މުދާ ބޭނުންވޭތޯ ޗެކް ކުރާ ފޯމް ގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލައް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.
މިހެންވެ، މިވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.