ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގައި ތަކެތި ވިއްކުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ކުދި އަދި ކުދި ވިޔަފާރިތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން 2022 ވަނަ އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގައި ތަކެތި ވިއްކުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީސީސީއިން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ ގެވެށި މަސައްކަތްތެރީންގެ އުފެއްދުންތަކާއި ހިދުމަތްތަކަށް މާކެޓް ހޯދައިދީ، އެންމެ ކުދި އަދި ކުދި ވިޔަފާރިތަކުގެ ގޮތުގައި ހިންގަމުންދާ މިފަދަ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ މި ހަބުގައި އެކި ބާވަތްތައް ވިއްކުމަށް  ކިއޮސްކްތަކެއް ގާއިމުކުރެވިގެންދާނެއެވެ. ކަރަންޓާއި ފެން ފަދަ ޔޫޓިލިޓީގެ ހިދުމަތްތައް ހިމެނޭގޮތަށް މި ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ލުއި އަގުތަކެއްގައެވެ.  

ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:

  1. ކާބޯތަކެތި
  2. ކުރެހުމާއި އަތްތެރި މަސައްކަތް
  3. ފެށަން އެންޑް އެކްސެސަރީސް
  4. ގަހުގެ ވިޔަފާރި
  5. ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތައް
  6. ދިވެހި ބޭސްވެރިކަން
  7. ޕަރފޯމިންގ އާޓްސް
  8. މޭކަޕް

މި ހަބުން ކިއޮސްކްތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރައްވައި، ހަބުގެ ހިދުމަތްތައް ބައްޓަންކުރައްވަން ބޭނުންފުޅުވާ ގޮތާ ގުޅޭ ގޮތުން ހިޔާލު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 3305555 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރުމުގެ ސުން ގަޑިއަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.

 

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/vvckhqxeks

23 ޑިސެންބަރު 2021
ހޯދާ