ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި މަދުވެގެން 02 ކޮޓަރީގެ އެޕާޓްމަންޓެއް (އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެ އަދި ކާގެއާއިއެކު (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރ 29 ވާ ބުދަ ދުވަހުގެ 13:30 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖަނަވަރީ 05 ވާ ބުދަ ދުވަހުގެ 13:30 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ގޭގެ ފްލޯ ޗާޓާއި، އިންވެންޓްރީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގުޅީ ސްކޫލް
ކ. ގުޅި / ދިވެހިރާއްޖެ
ފޯން: 6642512
އީ-މެއިލް: [email protected]
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޖުމާދަލްއޫލާ 1443