ދިވެހިރާއްޖެ
ދާންދޫ ފުޓްބޯޅަދަނޑުގެ ވަށައި ފާރު ރޭނެމާއި ފެންސް ޖެހުމާއި ބެހޭ:
މި ރަށުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން ބަޖެޓް ދީގެން ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގެ ވަށައި ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިހެންކަމުން މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާއިކޮނޮމިކް މިނިސްޓްރީގައި މިމަސައްކަތުގެ ދާއިރާއިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންއަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
30 ޑިސެންބަރު 2021 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
13 ޖެނުއަރީ 2022 |
ބުރާސްފަތި |
13:00 |
މާކްސް ދެވޭގޮތުގެ ތަފްސީލް:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
60% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
30% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން
މިމަސައްކަތުގެމައުލޫމާތު ދިނުމުގެ ސެޝަނާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިދާރާގެ ނަންބަރު 7330026 ހޮޓްލައިން އަށް، އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖްކޮށް ދެއްވުން އެދެމެވެ. މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.