މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ހޮޅުދޫ ކުނިނައްތާލުން

 

                                                   ނަމްބަރ: (IUL)295-B/2021/50

                                       

އިޢުލާން

                      

          ނ.ހޮޅުދޫގެ ކުނިނައްތާލުމުގެ ނިޒާމުގައި ބައިވެރިވެފައިވާ ތަންތަނުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިންކުރި ނަމްބަރ: (IUL)295-B/2021/45 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 02 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް  ހުށަހެޅުއްވުން  އެދެމެވެ. އެސްޓިމޭޓްތައް  ކެނޑުން  އޮންނާނީ 02 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:05 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

   މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެސްޓިމޭޓް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

23 ޑިސެމްބަރ 2021

 

23 ޑިސެންބަރު 2021
ހޯދާ