މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖުމަންޓް ސެންޓަރ ގާއިމްކުރުން " ވަށާފާރުގެ މަސައްކަތް "
ނަންބަރ: (EST)281-ESMS/INDIV/2021/6
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު ( ވޭސްޓް މެނޭޖުމަންޓް ސެންޓަރ ގާއިމްކުރުން " ވަށާފާރުގެ މަސައްކަތް " )
- މިރަށުގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރއެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަފިޔަވަހީގައި ކުރުމަށް ހަމަޖެހިފައިވާ ވަށާފާރުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލައި ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވެ ލެއްވުމަށް އެދޭފަރާތްތަކުން ބީލަންރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 8.00 އިން މެންދުރުފަހު 2.00 އަށް މިއިދާރައިގެ ފޯންނަންބަރ 6540027 އާއި ގުޅުއްވައި ބިޑް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ 28 ޑިސެމްބަރ 2021 އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 އެވެ. އަދި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީ ސްލިޕް ލިބުމުންނެވެ.
- މި ބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މައުލޫމާތުކަރުދާސް މިއިދާރައިގެ ކައުންޓަރުންލިބެން ހުންނާނެއެވެ. އަދި މިއިއުލާނާއެކު މަޢުލޫމާތުކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1.00 ގައި މިއިދާރައިގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެބޭރުގައި ހުށަހަޅާފަރާތުގެނަމާއި އިއުލާން / ޕްރޮޖެކްޓްގެ ނަންބަރާއި ކޮންކަމަކަށްކަން ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާބީލަންތައް ވަޒަންކުރާނެ މިންގަޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
19 ޖުމާދަލްއޫލާ 1443
23 ޑިސެމްބަރ 2021
23 ޑިސެންބަރު 2021
ހޯދާ