ދިވެހިރާއްޖެ
މިރަށުގައި ޤާއިމުކުރަންފަށާފައިވާ ކުނިކޮށީގައި ނުނިމިހުރި މަސައްކަތްނިންމައި އެތަނަށް ބޭނުންވާ މެޝިނަރީޒް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
|
ތާރީޚް |
ގަޑި |
ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އީމެއިލްއިން) |
26 ޑިސެމްބަރ އިން 30 ޑިސެމްބަރ 2021އަށް |
|
މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ ހޯލްގައި) |
12 ޖެނުއަރީ 2022 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި) |
27 ޖެނުއަރީ 2022 |
11:00 |
ވީމާ، މިކަމަށް ޝައުޤުވެރިވައްލަވާ ފަރާތްތަކުން މަތީގައިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީވުމަށް ތިރީގައިމިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު:
- ކުންފުނި/ވިޔަފާރީގެ ނަން:
- ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރު:
- ގުޅޭނެ ނަމާއި ފޯނު ނަންބަރު:
މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލްތަކަށް "ރެޖިސްޓްރޭޝަން ކޮންފަމޭޝަން" އެއްގެ ގޮތުން އީމެއިލްއެއް ކުރާނެވާހަކަ ދަންނަވަމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.