މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި "ވޯޓަރ ސްޕޯރޓްސް" ވިޔަފާރިކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 09 ވަނަ ބިމަށް ކުރިމަތިލުމުގެ ފުރުސަތު

 

 

 

                             ނަންބަރ: (IUL)337-C-AA/337/2021/81

 

އިޢުލާން

 

ރަށުގައި "ވޯޓަރ ސްޕޯރޓްސް" ވިޔަފާރިކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 09 ވަނަ ބިމަށް ކުރިމަތިލުމުގެ ފުރުސަތު

 

              މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ރަށުގައި "ވޯޓަރ ސްޕޯރޓްސް" ވިޔަފާރިކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 09 ވަނަ ބިމުގައި ވޯޓަރ ސްޕޯރޓްސްގެ ވިޔަފާރި ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލަށް ސިޓީ ހުށަހެޅުން އެދެމެވެ.

އަދި މި ސިޓީއާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓްގައި ކޮށްފައިވާ "ބިޒްނަސް ނޭމް ރެޖިސްޓްރޭޝަން"ގެ ކޮޕީއާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ލިޔުމުގެ ކޮޕީއާއި، ވެރިފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ސާފު ކޮޕީ ހުށަހަޅަންވާނެއެވެ.

ވެރިފަރާތް ނޫން ފަރާތަކުން ވޯޓަރ ސްޕޯރޓްސްއަށް ހުށަހަޅާނަމަ އިތުރު ފަރާތަކުން އެ ނަމުގައި ވޯޓަރ ސްޕޯޓްސް ހިންގުމާމެދު ވެރިފަރާތުގެ އިއުތިރާޒްނުކުރާކަމުގެ ލިޔުން ހުށަހެޅަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން ވޯޓަރ ސްޕޯރޓްސް ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

 

17 ޖުމާދަލްއޫލާ 1443

21 ޑިސެންބަރު 2021           

21 ޑިސެންބަރު 2021
ހޯދާ