ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2021/114(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާއަށްKG 1000 ގެ ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.