އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔައްދިނުން:

އިޢުލާން

ރައްޔިތުންގެ ރުއްތައް ކުއްޔައްދިނުން:

     މިރަށުގެ އެކި ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

     ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުސޫލުން ނީލަމުގައި ބައިވެރިވެދެއްވުމަށް އެދެމެވެ.

                       .........................................................

މިއީ، ރައްޔިތުންގެ ރުއްބައި ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ އުސޫލެވެ. މިނީލަމުގައި ހިމެނެނީ ޖުމްލަ 117 ރުކެވެ.

 

  1. ފަށާ އަގު -/7000 ރުފިޔާއެވެ.
  2. ސިޓީލާ މިނީލަމުގައި އިތުކުރެވޭނީ މަދުވެގެން -/500 ރުފިޔާއެވެ.
  3. ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިކަމަށް ޙާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ.
  4. އަގުހުށަހަޅާ ފޯމްގެ އަސްލު ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިފޯމް އޮންލައިންކޮށް ބަލައެއް ނުގަނެވޭނެއެވެ.
  5. މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.
  6. މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  7. ނީލަން ކުރިއަށްދާނީ 23 ޑިސެމްބަރ 2021 ވަނަދުވަހުން ފެށިގެން 6 ޖަނަވަރީ 2022 ވާ ބްރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
  8. ވިދިވިދިގެން 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެގައި ހުރިނަމަ އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ރުއްބައި ނީލަމުގައި ލިބިގެންދާނެއެވެ.
  9. ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.
  10. އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.
  11. ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ނޯޓިޝް ބޯޑަށް ނެރެންވާނެއެވެ.
  12. މިނީލަން ކާމިޔާބު ކުރިފަރާތައް ރުއްބާ ހަވާލުކުރެވޭނީ މިކައުންސިލާއި އެފަރާތާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     18 ޖުމާދުލްއޫލާ 1443

                     22 ޑިސެމްބަރ 2021

22 ޑިސެންބަރު 2021
ހޯދާ