އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް އެސިސްޓެންޓް މަޤާމަށް މުވައްޒަފަކު ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މުނިސިޕަލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)           

މަޤާމުގެ ގިންތި (މުއްދަތު):

ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު

އެލަވަންސް:

މަސައްކަތްކުރާ ގަޑިއަކަށް 33.65 (ތެއްތިރީސް ރުފިޔާ ފަސްދޮޅަސް ފަސްލާރި)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކުރިއަށް ގެންދާ ކުނި ބެލެހެއްޓުމާބެހޭ މަސައްކަތްކުރުން.
  2. ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން ބީޗް ކަހާ ސާފުކުރުން.
  3. ކައުންސިލުން ކުރިއަށްގެންދާ މުނިސިޕަލް މަސައްކަތްތައް ކުރުން.
  4. މީގެ އިތުރުންވެސް ކައުންސިލުން ކުރިއަށް ގެންދާ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ޢުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ވީމާ، މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއި، ތަޢުލީމާއި ތަޖުރިބާގެ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ސިޓީއަކުން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2021 ޑިސެންބަރު 29 އާއި 30 އާ ދެމެދު މި ކައުންސިލްގެ އިދާރާގައި އޮންނާއެވެ. އިންޓަވިއުއަށް ޙާޟިރުވާންވީ ގަޑި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ.  މި އިއުލާނާ ގުޅިގެން މިކައުންސިލްގެ ނަންބަރު (IUL)342/2021/125 އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2021
ހޯދާ