ދިވެހިރާއްޖެ
(IUL)146-A1/1/2021/50:ނަންބަރު
އިޢުލާން
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:
މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި، ތިރީގައިމިވާ ދާއިރާއިން، މަޢުލޫމާތު ދެއްވާނެ ލެކްޗަރާއިން ބޭނުންވެއެވެ.
މަޤާމު: |
ލެކްޗަރަރ |
މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ: |
ޤާނޫނީބައި (ކައިވެނިކުރުމުގެ ޕްރޮސީޖަރތަކުގައި ދިމާވާ މައްސަލަތަކާއި އޭގެ ޙައްލު ބަޔާންކޮށްދިނުމާއި ޢާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގައި ކައިވެނިކުރާ ދެފަރާތަށް ލިބިގެންވާ ޙައްޤުތަކާއި އަދާކުރަންޖެހޭ ޒިންމާތައް އަންގައިދިނުން) |
ބޭނުންވާ އަދަދު : |
03 (ތިނެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
މުއްދަތު: |
1 އަހަރު (މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.) |
އުޖޫރަ: |
މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ފެމިލީ ކޯޓު |
މަޤާމުގެ ޝަރުތު: |
މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ |
ސުންގަޑި: |
26 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. |