ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢްލާން

މަގުބައްތި ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

     މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދ.މާއެނބޫދޫ މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކާ އެއްގޮތަށް އަމިއްލަތަކެތީގައި މަގުބައްތި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- މަޢުލޫމާތު  ދިނުން  އޮންނާނީ 2021 ޑިސެމްބަރ 28 ވާ  އަންގާރަ  ދުވަހުގެ 13:00 ގައި  މާއެނބޫދޫ  ކައުންސިލް އިދާރާގައެވެ.

2- އަންދާސީ ހިސާބު  ހުށަހެޅުން އޮންނާނީ 2022 ޖެނުއަރީ 02 ވާ އާދީއްތަ  ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު

-  މި އިޢްލާނާ ގުޅިގެން  އަންދާސީ  ހިސާބު  ހުށަހެޅޭނީ  ވިޔަފާރި  ރަޖިސްޓްރީ  ކޮށްފައިވާ  ފަރާތްތަކަށެވެ. 

-  ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

-  ގަޑީގެ ފަހުން  ހުށަހަޅާ  އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-  ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-  މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.

 މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

70%

މުއްދަތަށް

20%

ތަޖުރިބާއަށް

10%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ

ށ. އައި.ޑީ.ކާޑު.ކޮޕީ

ރ. އަންދާސީ ހިސާބު

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

21 ޑިސެންބަރު 2021
ހޯދާ