ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ ހުޅުވާލާފައެވެ. ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެކަމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖަނަވަރީ 2022 ގެ 09:00 އިން 20 ޖަނަވަރީ 2022 ގެ 13:00 ގެ ނިޔަލަށެވެ. ފޯމް ބަލައިގަތުން ކުރިއަށް ދާނީ މަތީގައިވާ ތާރީޚްތަކުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ވީމާ މިކަމަށް އެދޭ ފާރާތްތަކުން ކަމާބެހޭ ފޯމް ފުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްތަކުގައި ސުންގަޑީގެ ކުރިން ކައުންސިލަށް ފޯމް ހުއެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.