ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2021/21
އިޢުލާން
ގއ.އަތޮޅު ކައުންސިލްގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިޒް ކޮށްދޭނެފަރާތެއް ( ކޮންޓްރެކްޓް އުޞޫލުން ވިއްކުމަށް ) އެދި ކުރެވުނު މި އިދާރާގެ ނަންބަރ. (IUL)241-A/241/2021/15 ) (16 އޮގަސްޓް 2021 ) އިޢުލާނާއި ގުޅިގެން ހުށަހެޅު އަންދާސީ ހިސާބްތައ ބާތިލް ކޮށް އަލުން ޕެޓްރޯލް ސަޕްލައިކުރުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދެވޭނެ އަގެއް ބަޔާންކޮށް މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 30 ޑިސެމްބަރ 2021ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.
ވީމާ،ޕެޓްރޯލް ވިއްކުމަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީން ތެޔޮވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
ހުށަހަޅާ ޕްރޮޕޯސަލުގައި ހުންނަންޖެހޭ މަޢުލޫމާތު
1- ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު.
2- ތެލުގެ އަގަށް އަންނަބަދަލުތަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތް .
3- ފައިސާދެއްކުމަށް އެދޭގޮތް : ( ފައިސާދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
4- މެދުނުކެނޑި ސަޕްލައި ލިބެން ހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅަފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
5- ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.
6 -ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )
7 -ޓެކްސް ކްލިއަރެންސް ރިޕޯޓް .
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- ހުށަހަޅާ އަގަށް 60%
- ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލްކަމަށް 15%
- ހުށަހަޅާ ޕޮރޮޕޯސަލަށް 15%
- މާލީ ތަނަވަސްކަމަށް 10%
މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
16 ޖުމާދަލްއޫލާ 1443
21 ޑިސެމްބަރ 2021