ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެއްގަމު އުޅަނދެއް ގަންނަން ބޭނުންވެއްޖެ

މި ކޯޕަރޭޝަނަށް އިއުލާނުގައި އެޓޭޗްކޮށްފައިވާ ސްޕެސިފިކޭޝަން އާއެއްގޮތަށް އެއްގަމު އުޅަނދެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 26 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުން ހިއްސާކުރާ ލިންކަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://forms.office.com/r/Zcmg8EqQx4

26 ޑިސެމްބަރ 2021 /  10:00 ގެ ކުރިން

މައުލޫމާތު ސެޝަން

މައުލޫމާތު ސެޝަން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކާއި ސެޝަން ލިންކް، ހިއްސާކުރެވޭނެއެވެ.

26 ޑިސެމްބަރ 2021 / 13:00

 

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

02 ޖަނަވަރީ 2022 / 13:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަނަށް ވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
  • ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވޭނީ ކޮންމެ ކުންފުންޏެއްގެ ފަރާތުން ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތަށެވެ.
  • ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
  • މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 ޑިސެންބަރު 2021
ހޯދާ