ދިވެހިރާއްޖެ
2022 ވަނަ އަހަރު މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ
މި މަދަރުސާގެ ނަމްބަރު: (IUL) GS12/2021/18 ( 12 ޑިސެންބަރު 2021 ) އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2021 ޑިސެންބަރު20އިން22 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
*މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެންބަރ 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 28 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
* އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވ.އަތޮޅު މަދަރުސާ
މޯބައިލް: 7483852
އީ-މެ އިލް: [email protected]
ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.އަދި ސިޓީއުރައިގެ ބޭރުގައި " ވ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓު " މިހެން ލިޔެވައި އޮންނަންވާނެެއެވެ.
20 ޑިސެންބަރު 2021