މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހެޅުމާއި ގުޅޭ

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް  އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                  1442ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާނު ކުރައްވާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން  ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުން

  • ފޯމް ދޫކުރާ ތާރީޚް: 19 ޑިސެމްބަރ 2021 އިން ފެށިގެން 20 ޖެނުއަރީ 2022އަށް 
  • ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް
  • ފޯމް ބަލައިގަތުން ހަމަޖެހިފައިވާ ތާރީޚް: 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 އަށް
  • ގަޑި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް

            ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ  ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމްއާއި އެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            19 ޑިސެމްބަރ  2021      

20 ޑިސެންބަރު 2021
ހޯދާ