ދިވެހިރާއްޖެ
1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން.
* ފޯމް ދޫކުރާ ތާރީޚް: 19 ޑިސެންބަރު 2021 އިން ފެށިގެން 20 ޖެނުއަރީ 2022 އަށް
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ : 09:00 އިން 13:00 އަށް.
* ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚް: 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 އަށް
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ : 09:00 އިން 13:00 އަށް.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިއުންތަކެއް ހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމާއެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.