ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 ޑިސެންބަރު 2021 10:54 ގައި ބާތިލް ކުރެވިފައެވެ.
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2021/21
އިއުލާން |
2022 ވަނަ އަހަރު ރަށުގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލުމާއިގުޅޭ
2022 ވަނަ އަހަރަށް ފ.ފީއަލި އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް 01 އަހަރުގެ މުއްދަތަށް އެސްޓިމޭޓް އުސޫލުން އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
އެގޮތުން ކަނޑައެޅިފައިވާ ގަޑިތަކުގައި ނަންނޯޓްކުރުމަށް ޙާޟީރުވާންވާނީ އައިޑީކާޑް ހިފައިގެން ވެރިފަރާތުންނެވެ. ބަދަލުގައި ނަންނޯޓުކުރުމަށް ހާޟިރުވާންވާނީ ވެރިފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ހިފައިގެން އަދި ބަދަލުގައި ނަންނޯޓުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ.ކާޑު ހިފައިގެންނެވެ.
ނަންނޯޓް ކުރުން: ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00 ން 12:00 ށް.
ނަންނޯޓް ކުރުމުގެ އެންމެ ފަހުތާރީޚް: 27 ޑިސެމްބަރ 2021ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް.
މި މަސައްކަތާ ގުޅިގެން ނަންނޯޓްކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުން ނަގާގޮތަށް ހަމަޖެހިފައިވަނީ ޖުމްލަ (30 ) ތިރީސް ފަރާތެވެ. އަދި މިމަސައްކަތާ ގުޅިގެން ނަންނޯޓްކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުމުގެ ބައްދަލުވުން އޮންނާނީ 28 ޑިސެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:30 ގައި ފީއަލީ ކައުންސިލްގެ އިދާރާގައެވެ. ނަންނޯޓް ކޮށްފައިނުވާ ފަރާތްތަކާއި، ނަންނޯޓް ކުރިނަމަވެސް ގުރުއަތުލުމުގެ ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކުގެ ނަން ލިސްޓުން އުނިކުރެވޭނެއެވެ. ގުރުއަތުލުމުގެ ބައްދަލުވުމުގައި ބަދަލުގައި ހާޟިރުވާންވާނީ ވެރިފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ހިފައިގެންނެވެ.
މިއިއުލާނާއެކު މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ. މައުލޫމާތު ކަރުދާހާއި ގުޅޭގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740012 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
1443 E 15
19 ޑިސެމްބަރ 2021
މޫސާ އަޙްމަދު
ފީއަލި ކައުންސިލްގެ ރައީސް