މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ސުކޫލު ކުދިންނަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ސުކޫލު އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމާބެހޭ

2015 ވަނަ އަހަރު ސުކޫލު އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމަށްޓަކައި، ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އިންޓަރ ސުކޫލު މުބާރާތެއް، ފެއާރއެއް، ނުވަތަ އެހެންވެސް ހަރަކާތެއް ހިންގެވުމަށް ގަސްދު ކުރައްވާނަމަ މިކަމަށް އެދޭ ފޯމު (ފޯމު  http://www.moe.gov.mvއިން ލިބެންހުންނާނެއެވެ.) ފުރިހަމަކުރެއްވުމަށްފަހު 3 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ފޮނުވާ ފޯމުތަކުގެ މަޢުލޫމާތު ސުކޫލު އެކްޓިވިޓީ ކަލަންޑަރުގައި ނުހިމެނޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި އެކްޓިވިޓީ ކަލަންޑަރުގައި ނުހިމެނޭ ހަރަކާތްތައް ސުކޫލުތަކުގައި ކުރިޔަށްގެންދިޔުމާއި އެކަމާގުޅޭ މަޢުލޫމާތު ސުކޫލުތަކަށް ފޯރުކޮށްދޭން ދަތިވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ފުރިހަމަކުރައްވާ ފޯމުގައި ހިމަނުއްވާފައިވާ ހަރާކާތްތަކުގެ ތެރެއިން ހަރަކާތެއް ކެންސަލްވެ ނުވަތަ ތާރީޚަށް ބަދަލެއް އަންނަނަމަ އެކަން އެހަރަކާތެއް ފުށުމުގެ 30 ދުވަސް ކުރިން މިމިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ. އަދި ކަލަންޑަރުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް، ކޮންމެ ހަރަކާތެއްވެސް ފެށުމުގެ 1 ހަފުތާ ކުރިން ހަރަކާތުގެ ތަފުސީލު (ބައިވެރިވާ ސުކޫލުތައް، އެކި އޭޖު ގުރޫޕުތަކުގެ ޓީމު ލިސްޓުތައް، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު އޮންނަ ތާރީޚާއި ގަޑި އަދި ޕުރޮގުރާމު ގައިޑު) ފޮނުއްވައިދެއްވުން އެދެމެވެ.

25 ރަމަޟާން 1435

23 ޖުލައި 2014
ހޯދާ