ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ މެޖިސްޓްރޭޓް ކޯޓް ނަންބަރު:N03C-A/IU/2021/06
މަޑިފުށި، ދިވެހިރާއްޖެ،
އިޢުލާން
މިކޯޓުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްމިކޯޓުންކުރި ނަންބަރު N03C-A/IU/2021/05 (06/10/2021) އިޢުލާނާގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތުން ހުށަހަޅަންޖެހޭ ބައެއްލިޔުންތައްހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2021 ވާހޯމަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޑިސެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 6780029 އަށް ގުޅުއްވުންއެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޑިސެމްބަރ 2021