ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 32 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
15 ޑިސެމްބަރ 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
11:15 |
ނިންމުންތައް
- ބަންޑާރަ ގޯތިތަކުގެ ކަންވަށްކުރުމަށް ފައުންޑޭޝަން އެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް އެންގުމަށާއި ގޯތިތަކުގެ ކަންވަށްކުރުމާއިގުޅޭ އުސޫލެއް ކައުންސިލްއިދާރާއިން އެކުލަވާލައި އާއްމުކުރުމަށް ނިންމުނު.
- 2022 ވަނަ އަހަރު ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ކުރަމުން އައިއުސޫލުން ކުރުމަށާއި އަލަށް އިތުރުކުރެވޭ ސަރަހއްދުތައް ހުރުމުން ޖުމްލަ 16000 (ސޯޅަހާސް) ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ނިންމުނު.
- ސަރުކާރުގެ ރަސްމީ އިދާރާތަކާއި ބައްދަލުކުރުމަށް ކައުންސިލުން މާލެދިއުމަށާއި ކައުންސިލަރުންނައް އަމިއްލަ ހަރަދު މާލެދަތުރުގައި ބައިވެރިވުމަށް ފުރުސަތުދިނުމަށާއި އަދި 2022 ވަނަ އަހަރުގެ ޖަނަވަރީ 2 ވަނަ ހަފްތާއަށް އިދާރާތަކުގެ އެޕޮއިންޓަމަންޓްތަކަށް އެދުމަށް ނިންމުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
15 ޑިސެންބަރު 2021
ހޯދާ