ދިވެހިރާއްޖެ
ނަންބަރ:GS16/IUL/2021/33
ތާރީޚް:15 ޑިސެމްބަރ 2021
އިޢުލާން
ސްކޫލަށް ބޭނުންވާ ގޮނޑި ގަނެދޭނެ ފަރާތެއް ހޯދުން
މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 200 ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުުލާނަށް ކުރިމަތިލާފައިވާ ފަރާތަކުން ހުށަހަޅާފައިވާ ބިޑް ޕްރޮޕޯސަލް އިވެލުއޭޓްކުރުމަށް ފަހު ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވަނީ މިމަސައްކަތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަދަދެއްކަމުން GS16/IUL/2021/30 ވަނަ އިއުލާން ބާޠިިލުކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2021 އަދި 19 ޑިސެމްބަރ 2021 މިދުވަސްތަކުގެ ރަސްމީ ގަޑީގައި 9:00 އިން 12:00 އަށް މިސްކޫލުގެ ނަންބަރ އަށް 6895679 ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 10:00 ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސ.އަތޮޅު މަދަރުސާ
ފޯން ނަންބަރ:6895679
އީމެއިލް އެޑްރެސް:[email protected]