މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޤައުމީ ބާސްކެޓްބޯޅަ ޓީމްތަކަށް ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ޓްރެއިނިންގ ދިނުން

ދިވެހިރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ އަންހެން އަދި ފިރިހެން ސްކޮޑްތަކުގައި ހިމެނޭ ކުޅުންތެރިންނަށް ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ޓްރެއިނިންގ ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއެސޯސިއޭޝަނުގެ އީ-މެއިލް [email protected] އަށް ޕްރޮޕޯސަލް ފޮނުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް އާއިއެކު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައަޅަންވާނެއެވެ.

15 ޑިސެންބަރު 2021
ހޯދާ