ދިވެހިރާއްޖެ
ނަންބަރ: HPL/PRC/I-2021/04
އިޢުލާން
މިކުންފުނީގެ ބަނދަރަށް އަންނަން ހަމަޖެހިފައިވާ " ސޫސައި ރަޖަމް " އިން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނީގެ ބަނދަރަށް 15 ޑިސެމްބަރ 2021 ވަނަ ދުވަހު އައިސްފައިވާ " ސޫސައި ރަޖަމް " ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888558 އާ ގުޅުއްވުން އެދެމެވެ.
15 ޑިސެމްބަރ 2021