ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:

އިޢުލާން

 

ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:

ތިރީގައި މި ބަޔާންކުރާ ރުއްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

   ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:

  1. މަކުނުދޫ ޖެޓީ ސަރަޙައްދުގައިވާ (ފޯދިފައިވާ 50 ރުއް) ރުއްތަކާއި، އެކިއެކި ސަރަޙައްދުގައި ހުރި (ފޯދިފައިވާ 06 ރުއް) ރުއްތައް:
  2. މަކުނުދޫ ރަމްޒީ ދަނޑު (ޒުވާނުން ޖަމްޢިއްޔާ މަރުކަޒު ކުރިމަތި) ރުއްތައް: (ފޯދިފައިވާ 31 ރުއް)
  3. މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް: (ފޯދިފައިވާ 80 ރުއް)

  

ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

މީލާދީ 2 (ދެޔެއް) އަހަރު

 

  ސުންގަޑި:

  1. ބީލަން ހުށަހެޅުން އޮންނާނީ 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައެވެ.
  2. ރުއްގަނޑުތަކާބެހޭ މައުލޫމާތު ސާފުކުރުމަށްޓަކައި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އިބްރާހީމް ޝަރީފް (9197904) އާއި ގުޅުއްވުމަށް ދަންނަވަމެވެ.

 

  އިވެލުއޭޓް ކުރުމަށް ޕޮއިންޓް ދެވޭނެ ބައިތައް:

  1. ހުށަހަޅާފައިވާ އަގު             100%
  • ބިޑު ހުށަހަޅުއްވާނީ ކޮންމެ ރުއްގަނޑެއްވެސް ވަކިވަކިން، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ފުރިހަމަނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
  • ބީލަމާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 17.17 ގައި ބަޔާންކޮށްފައިވާ އަމަލެއް ބީލަންވެރިން ކުރިކަން ފާހަގަކުރެވިއްޖެނަމަ އެފަރާތެއް ސަސްޕެންޑް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް އެމައްސަލަ ހުށަހެޅޭނެއެވެ.

ޝުކުރިއްޔާ

15 ޑިސެންބަރު 2021
ހޯދާ