ދިވެހިރާއްޖެ
ށ.ބިލެތްފަހީ މިސްކިތް ތަކުގެ އިމާމް އަދި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭފަރާތައް ހޯދަންބޭނުންވެއްޖެއެވެ . ވީމާ މިކަމަށް ޝައުޤުވެރިވާފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ . |
|||||||||
މަޤާމު |
މުދިމު / އިމާމް (ވޭޖް) |
||||||||
މަޤާމުގެ ގިންތި އާއި މުއްދަތު |
ވަގުތީ (1 އަހަރު ދުވަހުގެ މުއްދަތަށް) |
||||||||
ބޭނުންވާ ޢަދަދު |
4 ( ހަތަރެއް ) |
||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ މަސްޖިދުލް އިނާރާ / އެހެނިހެންމިސްކިތްތައް |
||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި / ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން . 2- މިސްކިތުގެ ސާފްތާހިރު ކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން . 3- މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި ، މަރާމާތެއް ކުރަންޖެހިފައިވާތަނެއްހުރިތޯބެލުމާއި ، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން . 4- މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން . 5- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން . 6- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ، އިސްލާމްދީނާއި ، ޤާނޫނާއި ހިލާފު އެއްވެސް ހަރަކާތެއްހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެގިއްޖެނަމަ ވަގުތުން ކައުންސިލަށް އެކަން އެންގުން . 7- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން . 8- ކައުންސިލުން އަންގަވާފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ، އީދުނަމާދާއި ، ހުކުރު ނަމާދާއި ، ކަށުނަމާދު ކުރުން. 9- މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން . 10- މިސްކިތާއިބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން . 11- އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުން . ނުދާނަމަ ކައުންސިލަށް އެންގުން . 12- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، ކައުންސިލުން ހަވާލުކުރާ އެހެނިޚެން މަސައްކަތްތައް ކުރުން . 13- މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން . 14- ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން . 15- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން
|
||||||||
|
|||||||||
ހުށައަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީއަށް އެދިފައިވާ ފަރާތައް އޭ2 ޝީޓުން ޖުމްލަ 70 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ. |
||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .
|
||||||||
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 ޑިސެމްބަރ 2021 އާއި 30 ޑިސެމްބަރ 2021 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
||||||||
ސޯޓްލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ . |
||||||||
ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް ( ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނު ދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ . |
||||||||
އިތުރު މަޢުލޫމާތު ހޯދުމަށް |
މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ [email protected]
|