މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކުނިނައްތާލުން

ނަމްބަރ: (IUL)295-B/2021/45

އިޢުލާން

                      

            ނ.ހޮޅުދޫގެ ކުނިނައްތާލުމުގެ ނިޒާމުގައި ބައިވެރިވެފައިވާ ތަންތަނުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  19 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި   ދުވަހުގެ 11:00 ގެކުރިން އެސްޓިމޭޓް  ހުށަހެޅުއްވުން  އެދެމެވެ. އެސްޓިމޭޓްތައް  ކެނޑުން  އޮންނާނީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

            މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެސްޓިމޭޓް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

15 ޑިސެމްބަރ 2021

15 ޑިސެންބަރު 2021
ހޯދާ