ދިވެހިރާއްޖެ
ފ.ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކޮންޓްރެކުޓް އުޞޫލުން ކަނޑަށް ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2021/50 (08 ޑިސެންބަރު 2021 ) ގެ އިއުލާނުގައިވާ މުއްދަތު އިތުރުކުރުމަށްޓަކައި އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ފ.ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކޮންޓްރެކުޓް އުޞޫލުން 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 31 ގެ ނިޔަލަށް ( 1 އަހަރު ) ދުވަހުގެ މުއްދަތަށް ކަނޑަށް ބޭރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ( މިތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ކަނޑަށް ބޭރުކުރަންޖެހޭ ތަކެއްޗެވެ.)
މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ، މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން،ފޭސްބުކު ޕޭޖު އަދި ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2021 ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 22 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ.ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރުކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އަގަށާއި އަދި އެންމެ ރަގަޅު ހުށަހެޅުމަކަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 ޑިސެންބަރު 2021