ދިވެހިރާއްޖެ
އިޢުލާން
މަކުނުދޫ ކައުންސިލްގެ އިދާރާއަށް އޮފީސް 8 ކެބިނެޓްގެ ޕާރޓިޝަން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 9 ޑިސެމްބަރ 2021 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)270/270/2021/6 އަށް އެކަށިގެންވާ ތަރުޚީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކޮށްލަމެވެ. ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެމްބަރު 16 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ. ބީލަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމާގުޅިގެން އިތުރަށް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 7789355 ފޯނަށް ގުޅުއްވައިގެން ސާފުކުރެވޭނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ޑިސެންބަރު 14 ން 2021 ޑިސެންބަރު 15 ދުވަހުގެ 16:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/CbWVxn1RPdZnbVw49
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ސުންގަޑި |
އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުން |
ތާރީޚް: 15 ޑިސެމްބަރ 2021 |
ތާރީޚް: 16 ޑިސެމްބަރ 2021 |
ގަޑި: 16:00 |
ގަޑި: 11:00 |
ތަން: މަކުނުދޫ ކައުންސިލްގެ އިދާރާ |
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
10 جــُــمــَــادَى الأولــى 1443
14 ޑިސެމްބަރ 2021