ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށް

އިޢުލާނު

މަޤާމް:

ސެކްރެޓަރީ ޖެނެރަލް

މަޤާމުގެ ގިންތި:

ދާއިމީ (މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށް)

މަޤާމުގެ ރޭންކް:

ZV7-3

މަޤާމުގެ ކްލެސިފިކޭޝަން:

ސެކްރެޓަރީ ޖެނެރަލް

މުސާރަ:

-/9,300 ރުފިޔާ (މަހަކު)

އެގްޒެކެޓިވް އެލަވަންސް:

-/6,800 ރުފިޔާ (މަހަކު)

މަޤާމު އޮތް އިދާރާތައް:

މަޤާމު އޮތް ރަށު ކައުންސިލްތަކުގެ އިދާރާތަކާއި ވަޒީފާ އަދާކުރަންޖެހޭ ތަނާއި، އިޢުލާނު ކުރެވޭ މަގާމުގެ އަދަދު މި އިޢުލާނާއެކުގައި ހިމަނާފައި ވާނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމަށް ވާތީ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ދަށުން ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން.

2. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

3. ގަވާއިދު ނަންބަރު R-20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 2.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނޯޓް: މަސްއޫލިއްޔަތުތަކުގެ ތަފްޞީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައި)

މަޤާމުގެ ޝަރުޠުތައް:

1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 4 އަހަރުދުވަހު މަސައްކަތްކޮށް،  ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ސެކްރެޓަރީ ޖެނެރަލްއަށް އައްޔަންކުރެވޭ ފަރާތާ މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރުން:

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، މި މަޤާމަށް ޢައްޔަނުކުރާ ފަރާތަކީ އިދާރާގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށްވާތީ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ނަންބަރު 13-E1/CIR/2021/21 (17 ޖޫން 2021) ސަރކިއުލަރގައި ބަޔާންކޮށްފައިވާ "ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެވޭ އިމްތިހާނުތައް"، މި މަޤާމަށް މުވައްޒަފު ޢައްޔަނުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.

އަސާސީ ޝަރުޠުގައި ހިމެނޭ މަޤާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ބަލާނެ މިންގަނޑު:

1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުގައި ހިމެނޭ މަޤާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ކަމުގައި ބަލާނީ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2021" ގެ 9.1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، "ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކޮށްފައިވާ މަޤާމުތަކުގައި ކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުތައް" އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކަމުގައި ވާނަމައެވެ.

2. އެޑްމިނިސްޓްރޭޝަން އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ، ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ. އިދާރީ މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުންފަދަ ކަންތައްތައް ހިމެނެއެވެ.

3. މެނޭޖްމަންޓް އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ، ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ. އަދި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީ ވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ "އީ-ފާސް" އެކައުންޓެއް އޮންނަންވާނެއެވެ. "އީ-ފާސް" އެކައުންޓެއް ނެތް ނަމަ "އީ-ފާސް" އެކައުންޓެއް ހަދަންވާނެއެވެ. މަޤާމަށް އެދި ހުށަހަޅާނީ، 2021 ޑިސެންބަރު 26 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ https://myaccount.csc.gov.mv/CouncilSg  މި ލިންކް މެދުވެރިކޮށެވެ. ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ހުށަހަޅާ އެޕްލިކޭޝަނާއި ލިޔުންތައް ބަލައި ނުގަނެވޭނެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑުގެ ކޮޕީއެއް ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީއެއް.

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2021" ގެ ޖަދުވަލު 7 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން: %30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: %5
  • އިމްތިހާނު: %25
  • އިންޓަރވިއު އާއި ޕްރެޒެންޓޭޝަން: %35

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 2 ޖަނަވަރީ 2022 އިން 31 ޖަނަވަރީ 2022 އާ ދެމެދުއެވެ. މި އިޢުލާނުން އިޢުލާނުކޮށްފައިވާ އިދާރާތަކުގެ މަޤާމުތަކުގެ ތެރެއިން، އެއް އިދާރާއަށް ވުރެ ގިނަ އިދާރާތަކުގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިމްތިޙާން އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނީ އެއް ފަހަރުއެވެ.

އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިމްތިހާނު އަދި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން ނުވަތަ މަޤާމަށް އެދެންވީ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7207307 އަށެވެ. ނުވަތަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ (http://www.csc.gov.mv/downloads/15387) މި ލިންކުން ލިބެން ހުންނާނެއެވެ.  

 

 

 

 

 

 

 

މަޤާމު އޮތް އިދާރާތައް:  

#

މަޤާމު އޮތް އިދާރާތައް /ވަޒީފާ އަދާކުރަންޖެހޭ ތަން

ބޭނުންވާއަދަދު

1

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ / ހއ. ހޯރަފުށީ

1

2

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ / ހއ. ވަށަފަރު

1

3

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ / ހއ. ދިއްދޫ

1

4

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ / ހއ. އުތީމު

1

5

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ / ހދ. ނައިވާދޫ

1

6

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ / ހދ. ހިރިމަރަދޫ

1

7

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ / ހދ. ކުރިނބީ

1

8

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ / ހދ. ކުމުންދޫ

1

9

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ / ހދ. ނޭކުރެންދޫ

1

10

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ

1

11

މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ / ށ. މަރޮށި

1

12

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ / ށ. ޅައިމަގު

1

13

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ

1

14

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ / ނ. މާފަރު

1

15

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ / ނ. މިލަދޫ

1

16

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ / ނ. މަގޫދޫ

1

17

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ / ނ. މަނަދޫ

1

18

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

1

19

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ / ރ. ރަސްގެތީމު

1

20

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

1

21

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ / ރ. މާކުރަތު

1

22

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ

1

23

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ / ރ. މަޑުއްވަރީ

1

24

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ / ބ. ކުޑަރިކިލު

1

25

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ / ބ. ކަމަދޫ

1

26

މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ / ބ. ކިހާދޫ

1

27

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ / ބ. އޭދަފުށި

1

28

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

1

29

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ / ބ. ފުޅަދޫ

1

30

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ / ބ. ގޮއިދޫ

1

31

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ / ކ. ދިއްފުށި

1

32

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ / އއ. މަތިވެރި

1

33

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ / އއ. މާޅޮސް

1

34

އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ / އދ. މަންދޫ

1

35

އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ / އދ. ފެންފުށި

1

36

ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ / ވ. ފެލިދޫ

1

37

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ

1

38

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ / މ. ނާލާފުށި

1

39

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ / މ. ކޮޅުފުށި

1

40

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ / މ. ދިއްގަރު

1

41

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ / މ. މަޑުއްވަރީ

1

42

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ / ފ. ފީއަލި

1

43

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

1

44

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ / ދ. ހުޅުދެލި

1

45

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ

1

46

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ / ތ. ވިލުފުށި

1

47

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ / ތ. މަޑިފުށި

1

48

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ / ތ. ގުރައިދޫ

1

49

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ / ތ. ކަނޑޫދޫ

1

50

ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށި

1

51

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ / ތ. ވޭމަންޑޫ

1

52

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ / ތ. އޮމަދޫ

1

53

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ / ލ. މާބައިދޫ

1

54

ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ / ލ. މުންޑޫ

1

55

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ / ލ. ކުނަހަންދޫ

1

56

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ / ލ. ކަލައިދޫ

1

57

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ / ގދ. ނަޑެއްލާ

1

58

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ / ގދ. ފަރެސްމާތޮޑާ

1

14 ޑިސެންބަރު 2021
ހޯދާ