ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ މަގުމަތީ ބައްތިތަކާ ބަނދަރު ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

ހިންނަވަރުގެ މަގުމަތީ ބައްތިތަކާ ބަނދަރުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެފަރާތެއް ބޭނުންވެއްޖެ

         ހިންނަވަރު ކައުންސިލް އިދާރާއިން މައިގަނޑު ތަކެއްޗާއި ކަނޑައެޅޭ އުޖޫރައެއް ދިނުމުން ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

           ވީމާ، 01 އަހަރު ދުވަހުގެ މުއްދަތަށް އެ ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވެވޭ ފަރާތްތަކަށް، 20 ޑިސެމްބަރ 2021ވާ ހޯމަ ދުވަހުން ފެށިގެން 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

އެންމެ މަތިން ދެވޭނެ ޕޮއިންޓް

ޕްރޮޕޯސަލް މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް

70

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް

10

ފަންނީ ތަޖުރިބާ އާއި ޤާބިލުކަން

20

ޕްރޮޕޯސަލްގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް

 

* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.

* ޕްރޮޕޯސަލް ހުށަހެޅޭނީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.     

10 ޖުމާދަލްއޫލާ 1443

                                14 ޑިސެމްބަރ 2021    

14 ޑިސެންބަރު 2021
ހޯދާ